މާލެ: 31°C

ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ބޮޑު އީދުގެ ކުރިން ނެރެނީ

ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ބޮޑު އީދުގެ ކުރިން ނެރެނީ
June 7, 2023
2 ފަހަރު ބަލާފައި
ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ބޮޑު އީދުގެ ކުރިން ނެރެނީ
ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފްލެޓު ލިބޭ ފަރާތްތައް ކަނޑައަޅައި، އޭގެ ލިސްޓު ބޮޑު އީދުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މިހާރު ކުރިޔަށް ދަނީ ގޯއްޗާއި ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ލިސްޓް އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ބޮޑު އީދުގެ ކުރިން ލިސްޓް އިއުލާން ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،800 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ފްލެޓަށް ކުރިމަތިލީ 20،697 މީހުންނެވެ.އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ކުރިމަތިލާފައިވާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6208 މީހުންނެވެ. "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓް ކަމަށްވާއިރު، މި މަސައްކަތް ކުރުމަށް ވަނީ އިންޑިއާގެ ކުންފުނިތަކެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީއާ އަށް ހަވާލުކޮށްފައެވެ. ކޮންމެ ކުންފުންޏަކުން ވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ. މި މަޝްރޫއު ކުރިޔަށްދާ ގޮތަށް ބަލާއިރު، މިހާރު ވަނީ 13 ޓަވަރު (1624 ފްލެޓް) ގެ މަސައްކަތް އެއްކޮށް ނިމިފައެވެ. އެހެންކަމުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ