މާލެ: 31°C
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނީ ފައިސާނުދައްކާ އޮތުމުން: މުއްތަލިބް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނީ ފައިސާނުދައްކާ އޮތުމުން: މުއްތަލިބް

January 29, 2024
3 ފަހަރު ބަލާފައި
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނީ ފައިސާނުދައްކާ އޮތުމުން: މުއްތަލިބް

މިދިޔަ ސަރުކާރުން ގޯތި ދިނުމަށް ހިންގަން ފެއްޓި ގިރާ ގިރާވަރު ފަޅުގެ ބިޔަ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ ސެޕްޓެމްބަރު/އޮކްޓޯބަރު މަހު ހަލާސްކުރަން ޖެހޭ ބިލުތަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއްތޮލިބް ވިދާޅުވީ، ގިރާވަރުފަޅުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

"ހަގީގަތުގައި ވަރަށް އަގުބޮޑު، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.

ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.

"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓާ އަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތޮލިބް ވިދާޅުވި އެވެ.

" މިދިޔަ ސެޕްޓެމްބަރު އޮކްޓޫބަރު މަހު ލާފައި ހުރި ބޮޑެތި ބިލްތަކެއް ވެސް އެބަހުރި. އެކަހަލަ ތާށިކަމެއް އުޅޭ ކަމަށް އަންގަނީ. ދައުލަތުން އެކަންކަން ހައްލު ކޮށްދީގެން ކުރިއަށް ދާނީ،" މުއްތޮލިބު ވިދާޅުވި އެވެ. ގިރާވަރުފަޅު ހިއްކަން ބޮސްކާލިސްގެ މި ސަރަހައްދުގެ ޕާޓްނަރު ސީއެމްސީއާ ރައީސް ސޯލިހްގެ ސަރުކާރުން ހަވާލުކޮށްފައިވަނީ މިމަޝްރޫއަށް ހިނގާ ހަރަދުގެ އެއްބައި ދައުލަތުން ހަރަދުކުރާ ގޮތަށާއި ބާކީ ހަރަދު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ މަޝްރޫއު ހިންގާ ފަރާތުގެ ފައިސާގައި ކުރިއަށް ގެންދިއުމަށެވެ. މިމަޝްރޫއަށް ކޮންޓްރެކްޓާ އަތުން ހަރަދުކުރާތީ އެ ހަރަދު ފޫބެއްދުމަށް ކޮންޓްރެކްޓަރަށް ސަރުކާރުން ވަނީ ނ. އަތޮޅުން ދެ ފަޅެއް 99 އަހަރަށް ދޫކޮށްފަ އެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 150 ހެކްޓަރު ހިއްކުމަށް ކަނޑައަޅާފައިވެ އެވެ. އެކަމަކު އަދި ހިއްކިފައިވަނީ 50 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރުން ވަނީ އެފަޅުން ގޯތިވެސް ދޫކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ