
"ގިނަ ގިނައިން އިހްތިލާފްވެ، އަރައިރުންވާނަމަ އައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރުކޮށް"
"ގިނަ ގިނައިން އިހްތިލާފްވެ، އަރައިރުންވާނަމަ އައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރުކޮށް"
ލިޔުން:
ގިނަ ގިނައިން އިހްތިލާފްވެ، އަރައިރުންވާނަމަ އައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިހް ހުސައިން ސައީދު ވިދާޅުވެއްޖެއެވެ.
ޝައިހް މިހެން ވިދާޅުވީ ރޯދަ މަހު ބާއްވާ އިހްޔާ ފޯރަމްގައި " އިހްތިލާފީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ޝަރުއީ މިންގަނޑު" މި މައުޟޫއަށް ތަގްރީރުކުރައްވަމުންނެވެ. އަދި އެ ފޯރަމްގައި އައްޝައިހް ހުސައިންގެ އިތުރުން އައްޝައިޚް ޢަބްދުލް ގާދިރު ވެސް ތަގްރީރުކުރައްވިއެވެ.
އެ މައުޟޫއަށް ތަގްރީރުކުރައްވަމުން ޝައިހް ހުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައިކަމަށެވެ. ފިކުރީ އިހްތިލާފްތަކަށް ބައްލަވައި ޝައިހް ވިދާޅުވީ ކީރިތި ރަސޫލާ ގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިހްތިލާފް އުފެދިފައި ނުވާކަމަށާއި އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ހިލާފު އުފެދިފައި ނުވާކަމަށެވެ. ރަސޫލާ ގެ ފަހުން ވަރަށް ގިނަ ހިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ހަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ބަޔާންކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝައިހް ގާދިރު ވިދާާޅުވީ ކީރިތި ގުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށާއި އިންސާނުން ހައްދަވާފައިވަނީ ތަފާތު ކުލަތަކުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޝައިހް ވުދާޅުވީ މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ހުންނާނެކަން ކަމަށާއި، އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމަށެވެ. އަދި އެ ހިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ގަބޫލުކުރަންޖެހޭ ކަމަށް ޝައިހް ވިދާޅުވިއެވެ. ޝައިހް ވަނީ މުޖުތަމައުގެ ތެރޭގައި ހިލާފްއުފެދޭ ކަންތައްތަކަށް ބައްލަވައި، އޭގެ ތެރެއިން އެއްކަމަކީ ޢަގީދާގައި ހިމެނޭ ހިލާފްކަމަށާއި އަގީދާގައި ހިމެނޭ ހިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ހިލާފްއުފެދެން މެދުވެރިވާ ސަބަބުތަކާއި ހިލާފް އުފެދޭ މައްސަލަތަކުގައި އަމަލުކުރަންވީ ގޮތާއި މިފަދަ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ތަފްސީލުކޮށްދެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
