މާލެ: 31°C
ގިނަ ދުވަސްވެ، ބޭނުންނުކުރާ 56 އުޅަނދެއް ނައްތާލާފައި

ގިނަ ދުވަސްވެ، ބޭނުންނުކުރާ 56 އުޅަނދެއް ނައްތާލާފައި

February 22, 2024
3 ފަހަރު ބަލާފައި
ގިނަ ދުވަސްވެ، ބޭނުންނުކުރާ 56 އުޅަނދެއް ނައްތާލާފައި
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 56 އުޅަނދެއް ނައްތާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބުނެފިއެވެ. މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މާލެ ސަރަހައްދުގައި ތޮއްޖެހުން ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނެފައިވަނީ މިހާތަނަށް 56 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދުތަކުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. https://twitter.com/MoTCAmv/status/1760526846360510900  

މިއީ ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯގެ އިތުރުން އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމް އެކެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރުމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ