ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެއްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެއްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު
ލިޔުން:
ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެއްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށް ކަމަށް، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވިދާޅުވެއްޖެ އެވެ.
ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޗައިނާއިން ކުރިއަށް ގެންދާ ގްލޯބަލް ސެކިއުރިޓީ އިނިޝޭޓިވް (ޖީއެސްއައި) އާ ގުވައި ވާންގް އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ބައިނަލް އަގުވާމީ ގޮތުން މިހާރު އޮތް ގޮންޖެހުން ބޮޑު، އޮޅުންބޮޅުން ބޮޑު ހާލަތުގައި، އަމާންކަން ދަމަހައްޓައި، ސަލާމަތާއި ރައްކާތެރިކަން ކަވަރުކޮށް، ހަމަޖެހުން ގާއިމްކުރުމުގައި ދެގައުމުގެ މަސްލަހަތު އޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޖީއެސްއައި އަކީ ސަލާމަތީ ގޮތުން ހުރި އެ ގޮންޖެހުންތަކަށް އެޑްރެސް ކުރުމަށް ދެގައުމު އެކުގައި މަސައްކަތް ކުރުމުގެ އާ ފުރުސަތުތަކެއް ލިބޭނެ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އެއްބާރުލުން ދިނުމުގައި އިސްކަންދޭންވީ ދާއިރާތައް ދެނެގަނެ، ހާއްސަކޮށް، ސިއްހީދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާނާގެ ރައްކާތެރިކަމާއި ސާފު ހަކަތައާއި ކައުންޓާ ޓެރަރިޒަމް އަދި ކާރިސާތަކުން އަރައިގަތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އެއްްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށެވެ. އެއީ ކުރިއްސުރެ ހުރި ސަލާމަތީ ގޮންޖެހުންތަކާއި އާ ގޮންޖެހުންތަކަށް އެޑްރެސްކޮށް، ޕްލެޓެނެޓްގެ [ދުނިޔޭގެ] އަމާންކަމާއި ހަަމަޖެހުން ކަށަވަރުކުރުމަށެވެ،" ބަޔާނުގައި ވާންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެސްއައި އަކީ އެގޮތުން އިންސާނިއްޔަތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނެ ހަރަކާތެއް ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިންގެ އިސް ނެންގެވުމަކުން އެ ހަރަކާތް ފަށާފައި މިވަނީ އަމާންކަމާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާ ސަރުކާރުން އެ ހަރަކާތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އެ ހަރަކާތުގެ ބޭނުމަކީ ވާހަކަދައްކައި މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ސަފީރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
