މާލެ: 31°C
ގިނަ އަހަރުތަކަކަށްފަހު ޖުމްހޫރީ މައިދާންގެ ފެންއަރުވާ ވަޑާން މިރޭ ހުޅުވަނީ

ގިނަ އަހަރުތަކަކަށްފަހު ޖުމްހޫރީ މައިދާންގެ ފެންއަރުވާ ވަޑާން މިރޭ ހުޅުވަނީ

April 8, 2024
2 ފަހަރު ބަލާފައި
ގިނަ އަހަރުތަކަކަށްފަހު ޖުމްހޫރީ މައިދާންގެ ފެންއަރުވާ ވަޑާން މިރޭ ހުޅުވަނީ
ގިނަ އަހަރުތަކަކަށްފަހު، ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން މަރާމަތުގެ މަސައްކަތްތަކަށްފަހު މިރޭ ހުޅުވަން ނިންމައިފިއެވެ. މިކަމާ ގުޅިގެން ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިރޭ 9:30 ގައި ޖުމުހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން (ފައްވާރާ) މަރާމާތުކުރުމަށްފަހު އަލުން އާންމުންނަށް ހުޅުވާލުން އޮންނާނެ ކަމަށެވެ. އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައި ރޯދައަށް ހުޅުވާލަން މަސައްކަތްކުރި ނަމަވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހުމުން އެ ތާރީހަށް ވަނީ ހުޅުވޭގޮތް ނުވެފައެވެ. އެގޮތުން، އަނެއްކާވެސް މިނިސްޓަރ ވަނީ އީދަށް އެތަން ހުޅުވާލާނެ ކަމުގެ ޔަގީންކަން ދީފައެވެ. https://twitter.com/Adamshareefz/status/1777057883160809566 ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާން ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަން ހެދީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ފެންއަރުވާ ވަޑާމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ