މާލެ: 31°C

8 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް ފަށައިފި

8 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް ފަށައިފި
June 16, 2023
2 ފަހަރު ބަލާފައި
8 އަހަރުގެ މެދުކެނޑުމަކަށްފަހު ސްކޫލް ކުދިންގެ ލަވަ މުބާރާތް ފަށައިފި
8 އަހަރުގެ ދުވަހުގެ ދިގު މުއްދަތަކަށް މެދު ކަނޑާލުމަށް ފަހު އަނެއްކާވެސް ސްކޫލް ތަކުގެ ލަވަ މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ގެނެސްދޭން ނިންމާފައި ވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެންސީއޭ ގުޅިގެންނެވެ. މި ބުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި ޖުމްލަ 7 ފަނޑިޔާރުން ހިމެނެއެވެ. އެއީ ކާނަލް ޢަލީ މަނިކު (ދާރި) އާއި އާދަމް ނަޞީރު އިބްރާހީމް އާއި ޝިފާ ތައުފީޤު އާއި، މުހައްމަދު އާމިރު އަހަމަދު (ފަރެސް) އާއި، މަރްޔަމް އުނޫޘާ (ކިޑީ ދައްތަ) އާއި، މުހައްމަދު ޝުހައިލް ގެ އިތުރުން ފާޠިމަތު ފެޒްލީން އެވެ. މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ. މި މުބާރާތް ކުރިއަަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ އުމުރުފުރައަކަށް ބަހާލައިގެން ނެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް މި މުބާރާތް ކުރިއަށް ދާނެއެވެ. އަދި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

އިންޓަރ ސްކޫލް ލަވަ މުބާރާތް ޕީއެސްއެމްގެ ”ޔެސް ޓީވީ“ މެދުވެރިކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ