މާލެ: 31°C

ގިނަ އަދަދެއްގެ ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފި

January 5, 2025
2 ފަހަރު ބަލާފައި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާއެކު ޒުވާނަކު ހައްޔަރު ކޮށްފިއެވެ. މި ތަކެއްޗާއެކު ހައްޔަރު ކޮށްފައިވަނީ، ރ. މަޑުއްވަރި / އުފުލަންދޫގެ، އުމުރުން 22 އަހަރުގެ އަލީ ހާޒިމް އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހާޒިމް ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭނޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ޓޯވކޮށްފައިވާ ކަމަށް  ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ