
ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި
ލިޔުން:
ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ ރަސުލް އުފާ ރިދޯއި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ބޮޑުފުޅައްގޯޅީގައި އޮތް ކާރެއް ބަލައި ފާސްކޮށެވެ. އެ ކާރުން ވަނީ 106 ފުޅި ބަނގުރާ ފެނިފައެވެ.
ފުލުހުން ބުނީ، ބޮޑުފުޅައް ގޯޅިން ފުލުހުން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށް ފިލަން މަސަކަތް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓު އަމުރުގައިވާ ގޮތުން އޭނާ އަށް ތުހުމަތު ކުރެވެނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާކަމުގެ ކުށުގެ ތުހުމަތު ކަމަށެވެ.
އެހެން ނަމަވެސް އޭނާ ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން އެކަމަށް އިންކާރު ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ، ބަނގުރާ ފެނުނު ޓެކްސީއަށް އޭނާ އެރީ ދަތުރެއް ކުރުމަށް ކަމަށާއި އެ ކާރަށް އެރިއިރު، އޭގައި ބަނގުރާ ހުރިކަން އޭނާ އަށް ނޭނގޭ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ 10 ދުވަހަށް ކަމަށެވެ. އެހެންކަމުން 10 ދުވަސް ހަމަވުމުން އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން އޭނާ އަށް ވަނީ އިތުރު 15 ދުވަހަށް ބަނދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
