މާލެ: 31°C
ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލާ އދ އިން ފާސްކުރި ގަރާރަށް ރައީސްގެ ތައުރީފް

ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލާ އދ އިން ފާސްކުރި ގަރާރަށް ރައީސްގެ ތައުރީފް

March 26, 2024
2 ފަހަރު ބަލާފައި
ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލާ އދ އިން ފާސްކުރި ގަރާރަށް ރައީސްގެ ތައުރީފް
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފިއެވެ. ރައީސް ޑރ.މުއިއްޒު މިއަދު އެކްސް ގައި ކުރެއްވި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަހުތެރޭގައި ޣައްޒާއަަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ، ގިނަދުވަސްތަކެއް ވަންދެން ކުރި އިންތިޒާރެއްކަމަށާއި އެއީ ތައުރީފް ހައްގު ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ މިއަދު ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް އަޅުގަނޑުމެން ބާރުއަޅާކަމަށެވެ. އަދި އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށް އެމަނިކުފާނު އިސްރާއީލަށްގޮވާލެއްވި އެވެ.  [embed]https://twitter.com/MMuizzu/status/1772481360957174242[/embed] ރައީސް ވިދާޅުވީ ދިގުދެމިގެންދާ ހަނގުރާމަ ހުއްޓާލައި، ނަސްލު ނައްތާލުމުގެ އަމަލުތައް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަގްވާމީ ފަރާތްތަކުން، މި ދުވެލި ދަމަހައްޓައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.  ރައީސް ވިިދާޅުވީ، ފަލަސްތީނުގެ ރައްޔޮތުންނަށްޓަކާ މުޅިދުނިޔެ އިން އިތުރަށް ކަންތައްތަކެއް ކުރަން އެބަޖެހޭކަމަށެވެ. ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން އަންނަ ރަހުމުކުޑަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާއިރު، މިހަނގުރާމައިގެ ސަބަބުން މިހާތަނަށް 30،000 އަށްވުރެ ގިނަ ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން 14 ވޯޓާއި އެކީ ފާސްކޮށްފައިވާއިރު، އެމެރިކާއިން މި ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މި ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ގުޔާނާ، އެކުއާޑޯ، ޖަޕާން، މަލްޓާ، މަޒަމްބީކް، ސިއެރާ ލިއޯން، ސްލޮވޭނިއާ، ދެކުނު ކޮރެއާ އަދި ސުވިޒަލޭންޑް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ