މާލެ: 31°C
ޤައްސާނާއި އިހުސާނަށް ރުހުން ދީފި

ޤައްސާނާއި އިހުސާނަށް ރުހުން ދީފި

January 29, 2024
3 ފަހަރު ބަލާފައި
ޤައްސާނާއި އިހުސާނަށް ރުހުން ދީފި
މިއަދު އޮންނަ މިނިސިސްޓަރުންނަށް ރުހުން ދިނުމުގެ ޖަލްސާއަށް ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕުން ނިންމި ނަމަވެސް، ޖަސްސާ ފެށި އެދެ މިނިސްޓަރުން ނަށް ވެސް މަޖިލީހުން ރުހުން ދީފިއެވެ.

ރުހުން ދިނުމަށް މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި ޖަލްސާ މެންދުރު ފަހު 1:00 މިހާރުވަނީ ފަށާފައެވެ. އަދި މިހާރު ދަނީ ވަޒީރުނަނަށް ވަކިވަކިން ރުހުން ދިނުމަށް ވޯޓު ނަގަމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އެންމެ ފުރަތަމަ ޖަލްސާއެއް ތާވަލުކުރީ އިއްޔެ ހެނދުނަށެވެ. ނަމަވެސް, އެމްޑީޕީގެ ޕީޖީން އެކަމުގައި ވިޕެއް ނެރުމާ އެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސް އަޅައި ވޯޓު ހުއްޓުވާފަ އެވެ.

އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި މައިކުތައް ފޮރުވާ އަދި ދުންމާރި ބޭނުން ކޮށްގެން އަޑުގަދަކޮށް ސަރުކާރު މެމްބަރުން ވޯޓަށް ހުރަސް އެޅިއެވެ.

އޭގެފަހު ރޭ 8:00 އަށް އަނެއްކާވެސް ވޯޓަށް އެހުން ތާވަލު ކުރި އެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތަށް ހުރަސް އަޅައި ޖަލްސާ ފެށިޔަ ދީފައެއް ނުވެ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައިކު ވެސް ނަގާފައިވެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ