މާލެ: 31°C

ގާޒީ ފަހީމްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި

ގާޒީ ފަހީމްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި
June 19, 2023
2 ފަހަރު ބަލާފައި
ގާޒީ ފަހީމްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި
ސިވިލް ކޯޓުގެ ގާޒީ އަލްއުޒްތާޒް ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފިއެވެ. ޖޭއެސްސީގެ ގާނޫނުގެ 22-1 ވަނަ މާއްދާގެ (ބ) ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ގާޒީ ފަހީމަށް ނޯޓިސް ދިނުމަށްފަހު، އެ މައްސަލަ އެގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 35 ވަނަ ޖަލްސާގައެވެ. ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ އައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ އެއް ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ގާޒީ ފަހީމް އިއުތިރާފްވެވަޑައިގެންނެވި މައްސަލައިގަ އެވެ. އެގޮތުން ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ފަހީމް އާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަހްގީގު ކުރި މައްސަލައާއި، އަދި ކޮމިޝަންގެ ނަންބަރު 2019/76 މައްސަލާގައި، އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ މައްސަލަތަކުގައި އޭނާގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް އެ މައްސަލަތައް ތަހްގީގުކުރި ކޮމިޓީގެ މެމްބަރުންނަށް ފެނިފައިނުވާ ކަމަށެވެ. ޖޭއެސްސީ އިން ވަނީ ގާޒީ ފަހީމް އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އަންގާފައެވެ. ގާޒީ ފަހީމް އާ ގުޅޭ ހަތަރު މައްސަލައެއް ބެލިއިރު، އޭރު ވަނީ ތިން މައްސަލައެއްގައި އޭނާއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނެތް ކަމަށް ޖޭއެސްސީން ނިންމާފައެވެ. އެހެންކަމުން، އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ގާޒީ ފަހީމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ