ގޭގައި ހަދައިގެން ކާބޯތަކެތި ވިއްކޭނީ އެކަމަށް ޚާއްސަ ކޯހެއް ހަދައިގެން، ގޭގައި ނޫޅޭ މީހަކު މަސައްކަތުގައި ބައިވެރި ނުކުރެވޭނެ

ގޭގައި ހަދައިގެން ކާބޯތަކެތި ވިއްކޭނީ އެކަމަށް ޚާއްސަ ކޯހެއް ހަދައިގެން، ގޭގައި ނޫޅޭ މީހަކު މަސައްކަތުގައި ބައިވެރި ނުކުރެވޭނެ
ލިޔުން:
ގޭގައި އުފައްދާ ކާބޯތަކެތި ވިޔަފާރީގެ އުސޫލުން ވިއްކާނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ތަމްރީނެއް ފުރިހަމަކޮށް ރެޖިސްޓްރޭޝަން ލާޒިމުވާ ގޮތަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ އުސޫލު އާންމުކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާންމު ކުރި އުސޫލުގައި ވަނީ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭކަމަށެވެ. އަދި މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، އެތަކެތި އުފެއްދުމަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް ވަނީ ބުނެފަ އެވެ.
މި އުސޫލުގެ މަގްސަދަކީ އަމިއްލަ ދިރިއުޅުމަށްޓަކައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އެތަކެތި އުފެއްދުމަށް ބާރު އެޅުމެވެ.
އުސޫލުގައި ވަނީ ކާބޯތަކެތި އުފައްދައި ބަންދު ކުރާތަނެއްގެ ގޮތުގައި އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ގޭގޭތަކުގެ ބަދިގެތައް ބެލެވޭނެކަމަށެވެ.
ރެޖިސްޓްރޭޝަނަށް ހުށަހަޅާއިރު، ހިމަނަން ޖެހޭ ލިޔެކިއުންތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަސާސީ ތަމްރީނު ފުރިހަމަ ކުރިކަމުގެ ލިއުމާއި، ހުރިހާ އުފެއްދުމުގެ ލޭބަލްއާއި އެ ލޭބަލް ތައާރަފުކޮށްފައި ވަނީ ބަންދު ކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތީކަން ކަށަވަރުކޮށްދޭ އިގުރާރު ހިމަނަން ޖެހޭނެ އެވެ.
އުސޫލާއި މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާކަން ކަށަވަރުކޮށްދިނުމަށް އަހަރަކު އެއްފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ވަގާއި ދުމާއި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާވެދަނެ ފަދަ މަސައްކަތަކަށް ނުވުމާއި ދިރިއުޅޭ ގޭގެ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން ހިމެނެ އެވެ.
މީގެއިތުރުން ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އަތް ދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖައްސާފައި ހުރުމާއި، ބޯން އެކަށީގެންވާ ފެން ލިބޭނެ ފެން އިސްކުރެއް ހަރުކޮށްފައިވާ އިސްކޫރެއް ހުރުމެވެ.
މި އުސޫލުގައި އެހެން މުހިންމު ޝަރުތުތައް ވެސް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކެއްކުމަށް ބޭނުން ކުރާ ކާބޯތަކެތީގައި ހުންނަން ޖެހޭ މިންގަނޑާއި ހުއްދަތަައް ބާތިލު ކުރެވޭނެ ހާލަތްތައް ހިމެނެ އެވެ.
އެމްއެފްޑީއޭގެ އުސޫލުގައިވާ ގޮތުން އެ އޮތޯރިޓީއިން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ ހުށަހެޅޭ ޝަކުވާއަކާއި ގުޅިގެން ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ ތަންތަން މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ބަލައި ފާސްކުރެވިދާނެ އެވެ. އަދި މިންގަނޑަށް ނުފެތޭ ތަނެއް ނަމަ ފިޔަވަޅު އަޅައި ދަފްތަރުން ނަން އުނި ކުރެވިދާނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
