
ގެވެށި އަނިޔާއިން ރައްކާތެރިވުމާ ބެހޭ ސެޝަނެއް ތ. ގުރައިދޫގައި ބާއްވައިފި
ގެވެށި އަނިޔާއިން ރައްކާތެރިވުމާ ބެހޭ ސެޝަނެއް ތ. ގުރައިދޫގައި ބާއްވައިފި
ލިޔުން:
މިންތިއާ ގުޅުވައިގެން ހިންގާ ހަމަނުޖެހުން (ޖެންޑާ ބޭސްޑް ވަޔަލެންސް) އަދި ގެވެށި އަނިޔާއިން ރައްކާތެރި ވާނެ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް ތ. ގުރައިދޫގައި ފުލުހުން ބާއްވައިފިއެވެ.
ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް ގުޅިގެން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެސެޝަނުގައި ދިން އެއް މައުލޫމާތަކީ ޖިންސީ ތަފާތު ކުރުންތައް ކޮށްފާނެ ގޮތްތަކާއި އެކަމުގެ ސަބަބުން އާއިލާއަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ މައުލޫމާތެވެ. ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަން އަދި އަނިޔާ ކުރުމަށް މަގުފަހިވެދާނެ ސަބަބުތައް ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ކިޔައިދިނެވެ. ރާއްޖޭގައި އެ ކުށްކުރާ މީހުންގެ އަމަލުތައް ހުންނަ ގޮތުގެ މައުލޫމާތު ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ދިނެވެ.
އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިންނަށް ކުރާނެ ނޭދެވޭ އަސަރު ތަކާއި އެކަންކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނޭ ގޮތްތައް ވެސް ފުލުހުން ކިޔައިދިނެވެ. އެފަދަ އަމަލުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ފަރާތްތަކުގެ މައުލޫމާތުވެސް ދިނެވެ. ގެވެށި އަނިޔާގެ އަމަލެއް ހިންގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ވެސް ސެޝަނުގެ ބައިވެރިންނަށް ފުލުހުން ދިނެވެ.
ރައްކާތެރި ވުމުގެ އަމުރަކީ ކޮބައިކަމާ، ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތައް ކިޔައިދިނެވެ.
އެ ސެޝަނުގައި ގުރައިދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒިފުންނާއި އާންމު ރައްޔިތުން ހިމެނޭހެން 137 މީހުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
