މާލެ: 31°C
ގެވެށި އަނިޔާގެ 278 މައްސަލަ ހުށައަޅައިފި

ގެވެށި އަނިޔާގެ 278 މައްސަލަ ހުށައަޅައިފި

May 30, 2024
3 ފަހަރު ބަލާފައި
ގެވެށި އަނިޔާގެ 278 މައްސަލަ ހުށައަޅައިފި

މިއަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ 278 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އިދާރާއިން ބުނިގޮތުގައި އެމައްސަލަތަކުގައި ހިމެނެނީ އަންހެނުން ޝާމިލުވާ 194 މައްސަލަ އާއި ފިރިހެނުންނަށް ގެވެށި އަނިޔާ ލިބިގެން ހުށަހަޅާފައިވާ 84 މައްސަލަ ކަމަށެވެ. ޒާތީ ގުޅުންތަކުގެ މައްސަލަތަކުގެ ތެރެއިން ދެވޭ އަނިޔާތަކުގެ ތެރޭގައި ނަފްސާނީ އަނިޔާތަކުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި އެފަދަ 162 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެއޮތޯރިޓިން ބުންޏެވެ. "ޒާތީ ގުޅުންތަކަށް ހުރި މައްސަލަތަށް، އޭގެތެރެއިން ކައިވެނިކޮށްގެން ނުވަތަ އިނދެވަރިކޮށްފައިވާ މައްސަލަތަކުގެތެރެއިން 123 މައްސަލަ އެބައުޅޭ، މައިންބަފައިން ނުވަތަ ބަލަދުވެރިންގެ ފަރާތުން 92 މައްސަލައެއް، އެންމެ ގިނައިން ކުރިއާ ޚިލާފަށް ފާހަގަކުރެވެނީ ނަފްސާނީ ގޮތުން އަދި އަނގަބަހުން ކުރާ އަނިޔާ އިތުރުވަމުންދާ ކަމަށް، އެގޮތުން 162 މައްސަލައެއް ފާހަގަކުރެވިފައިވޭ،" އެ އޮތޯރިޓީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސައިބާ ކްރައިމްސް ހިމެނޭ މައްސަލަތައްވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ބްލެކްމެއިލް ކުރުންފަދަ ކަންތައްތައް އިތުރުވަމުންދާކަމަށެވެ. މީގެއިތުރުން ބެލެނިވެރިންނަށް ކުދިންގެ ފަރާތުން މާލީގޮތުން އެކި ކަހަލަ އަނިޔާތައް ދެމުންދާކަމަށް ޝިރާނީ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ