
ގެވެށި އަނިޔާ ލިބޭ މީހުނަށް ވަކީލެއްގެ އެހީތެރިކަން ލިބޭގޮތް ހަމަޖައްސައިފި
ގެވެށި އަނިޔާ ލިބޭ މީހުނަށް ވަކީލެއްގެ އެހީތެރިކަން ލިބޭގޮތް ހަމަޖައްސައިފި
ލިޔުން:
ގެވެށި އަނިޔާ ލިބޭ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ ހިދުމަތް ދޭން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ފަށައިފި އެވެ.
އެ އޮތޯރިޓީން ބުނީ ގެވެށި އަނިޔާ ލިބޭ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ ގާނޫނުގައިވާ ގޮތުގެ މަތިން އެމީހުންނަށް އެއެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ބޭނުންވާ މީހުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންނާއި އެއޮތޯރިޓީގެ ވެބްސައިޓު ވެދުވެރިކޮށް ފުރަން ޖެހެއެވެ.
[embed]https://twitter.com/FPAMaldives/status/1685942753883213824[/embed]
މިހިދުމަތުގެ ސަބަބުން ގެވެށި އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ނިޒާމް ހަރުދަނާވެ، އެކަން ހުއްޓުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ގެވެށި އަނިޔާ ލިބޭ މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަސަރަުުތަކެއް ކުރާ ބަޔަކަށްވާއިރު، އެފަދަ މައްސަލަ ތަކަށް އަވަސް މިނެއްގައި އިންސާފު ހޯދާދިނުމަށް ލިބެންޖެހޭ ގާނޫނީ އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އޮތޯރިޓީ އިން ފާހަގަ ކުރެ އެވެ. މި އަހަރުގެ ޖޫން މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 228 މައްސަލައެއް ހުށަހަޅާފައިވާ ވެއެވެ. އޭގެ ތެރޭގައި ގެެވެށިއަނިޔާގެ މައްސަލަތައް ގިނައެވެ. ގާނޫނުގައިވާ ގޮތުން ގެވެށި އަނިޔާއަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އިހްސާސްވާފަދަ އަމަލެއް ހިންގުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
