މާލެ: 31°C
ގެތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދީފި

ގެތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދީފި

March 24, 2024
3 ފަހަރު ބަލާފައި
ގެތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދީފި
އާއްމު ގޭބިސީތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާ ފައިސާ، މައާފްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފުއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާކަމަށެވެ. ޖޫޜިމަނާ މައާފްކުރަން ނިންމެވި މައިގަނޑު ސަބަބަކީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމުގެ އިތުރުން، ބިލްތައް ނުދެއްކި ހުރި ފައިސާ ވީހާވެސް ލުއި ފަސޭހަގޮތެއްގައި ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ކަރަންޓްގެ ހިދުމަތްދޭ ކުންފުނިތަކަށްދަންނަވާފައިވާކަމަށެވެ. https://twitter.com/MMuizzu/status/1771875489826881868 ކަރަންޓް ބިލު ނުދައްކައިގެން ގޭބިސީތަކުގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މައާފްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ޑރ.މުއިއްޒު ވަނީ ރޯދަމަހު ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލް ބޮޑުނުވާނޭ އިންތިޒާމެއް ހަމަޖައްސަވާނޭކަމަށް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ