މާލެ: 31°C

ގެސްޓްހައުސް އަކަށް ގެންގޮސް ފިރިހެނެއްގެ އަތުން 53000 ފުރިޔާ ފޭރުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފި

ގެސްޓްހައުސް އަކަށް ގެންގޮސް ފިރިހެނެއްގެ އަތުން 53000 ފުރިޔާ ފޭރުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފި
September 6, 2024
2 ފަހަރު ބަލާފައި
ގެސްޓްހައުސް އަކަށް ގެންގޮސް ފިރިހެނެއްގެ އަތުން 53000 ފުރިޔާ ފޭރުނު އަންހެނަކު ފުލުހުން ހައްޔަރުކޮށްފި
ގެސްޓުހައުސްއަކަށް ގެންގޮސް ފިރިހެނަކު ރަހީނުކޮށްގެން އޭނާ އަތުން ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ.މަރަދޫ ކުންނާރުގެ 27 އަހަރުގެ  އާއިޝަރު މަލްޖާ މޫސާ ދީދީ ކަމަށެވެ. އޭނާ ވަނީ ފިރިހެނަކު ހައްދައިގެން ގެސްޓްހައުސްއަކަށް ގެންގޮސް އެމީހާ ރަހީނުކޮސް އެމީހާގެ އަތުން 53000 ރުފިޔާ ފޭރިފައިކަމަށާއި އެމައްސަލާގައި އެ އަންހެން މީހާ ބަންދުކޮށް ކޯޓަށް ގެންދިއުމުނެ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ އެމީހާ އަތުން ފޭރުނީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އައިޖީއެމްއެޗް ކައިރިން އެ ފިރިހެން މީހާ ހުއްޓުވައި މުރަނގަ މަގުގައި ހުންނަ ގެސްޓްހައުސް އަކަށް ގެންދަން ދައުވަތު ދީގެން އެތަނަށް ގެންގޮސް އިތުރު ފިރިހެނަކާ ބައިވެރިވެގެންކަމަށެވެ. ނަމަވެސް އެ ފޭރުމުގައި ބައިވެރިވި ފިރިހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮސްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ