މާލެ: 31°C

ޖެނެރޭޝަން ބޭން އާއި ގުޅޭގޮތުން ޖަމްއިއްޔާތަކުގެ މަޝްވަރާ ހޯދައިފި

April 9, 2025
257 ފަހަރު ބަލާފައި
ޖެނެރޭޝަން ބޭން އާއި ގުޅޭގޮތުން ޖަމްއިއްޔާތަކުގެ މަޝްވަރާ ހޯދައިފި
ދުންފަތުން މުޖުތަމައު ސަލަމާތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ގެނައުމަށް މަސައްކަތްކުރަމުންގެންދާ ޖެނެރޭޝަން ބޭން އާއި ގުޅޭގޮތުން  ހެލްތު މިނިސްޓްރީން ޖަމްއިއްޔާތަކާ ބައްދަލުކޮސް މަޝްވަރާ ހޯދައިފި އެވެ.

ދުންފަތުން މުޖުތަމައު ސަލަމާތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ގެނައުމަށް މަސައްކަތްކުރަމުންގެންދާ ޖެނެރޭޝަން ބޭން އާއި ގުޅޭގޮތުން  ހެލްތު މިނިސްޓްރީން ޖަމްއިއްޔާތަކާ ބައްދަލުކޮސް މަޝްވަރާ ހޯދައިފި އެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން، ނުވަތަ ވަކި އުމުރުފުރާއަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާކުރައްވާފައިވާކަމަށާއި، އެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ގިނަ ލަފާތަކެއް ލިބިފައިވާކަމަށެވެ.

ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ޔުނިސެފްއާއެކުވެސް ހެލްތު މިނިސްޓަރީން ވަނީ ބައްދަލުކުރައްވާފައެވެ.

ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައިސް ޑރ މުއިއްޒުވަނީ އެކަން މަނާ ކުރުމަށް އެމަނިކުފާނުގެ 3 ވިސްނުމެއް ހުށަހަޅުއްވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ މީހުންނަށް ދުންފަތް މަނާކުރުމާއި، 2004 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ މީހުންނަށް ދުންފަތް މަނާކުރުމާއި، 2007 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ މީހުންނަށް ދުންފަތް މަނާކުރުން ކަމަށެވެ.

އަދި އެ ހިޔާލުތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޭނުންވާ ގޮތެއް ބެލުމަށްޓަކައި އެމަނިކުފާނު ހުޅުވާލި ޕޯލުގެ 51 އިންސަތަ ވޯޓް ލިބިފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ މީހުންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ