
"ޖެމްސް ވަރކްސްޕޭސް" ރަސްމީކޮށް ބޭނުންކުރަން ފަށައިފި
"ޖެމްސް ވަރކްސްޕޭސް" ރަސްމީކޮށް ބޭނުންކުރަން ފަށައިފި
ލިޔުން:
މި އަހަރުގެ 30 މޭ ވީ އަންގާރަ ދުވަހު ސަރުކާރުން އިފުތިތާހު ކުރެއްވި އައު ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކްސްޕޭސް" ސަރުކާރުގެ ބައެއް އިދާރާތަކުން ރަސްމީކޮށް ބޭނުންކުރަން ފަށައިފިކަމުގައި ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ބުނެފައިވަނީ އެގޮތަށް އެކަން ނިންމެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، "ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް" ގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ "ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، “ޖެމްސް ވަރކްސްޕޭސް" ބޭނުންކުރަން ފަށައިފައި މިހާރު ވަނީ، އެ އޮފީހުންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީންނާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިންނާއި، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން، އެ ތަންތަނަށް އަމިއްލަ ފަރުދުން ހުށަހަޅާ ކަންކަމަށް މިވަގުތު ވެސް ޖަވާބު ދިނުމަށް ފެށުމަށް ކަމުގައި ދެންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި "ޖެމްސް ވަރކްސްޕޭސް" ޕްލެޓްފޯމްގެ ސަބަބުން، ލިބޭނެ ލުއި ފަސޭހަތަކުގެ އިތުރުން “ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 3 މަރުޙަލާއަށް ބަހައިލައިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ދެންނެވުމުގައި، ސަރުކާރުގެ އިދާރާތަކުގައި "ޖެމްސް ވަރކްސްޕޭސް" ތަންފީޒުކުރުމުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުމުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
"ޖެމްސް ވަރކްސްޕޭސް" އަކީ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އޮފީސް ބަންދު ގަޑިތަކުގައިވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހުރަހެއް ނޯންނާނެ ފަދައިން ޑިޖިޓަލް ސަރުކާރުގެ ނިޒާމް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ޕްލެޓްފޯމެކެވެ. އަދި މި ސަރުކާރުގެ ސިޔާސަތެއްކަމަށްވާ އަދުގެ ދުނިޔޭގައި މިސާލުޖަހާފަދަ "ސްމާޓް ނޭޝަން" އަކަށް ވުމަށް މިސްރާބުޖަހަން ފެއްޓުމަށްވެސް "ޖެމްސް ވަރކްސްޕޭސް" އެހީތެރިވެދޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
