
ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް އެރުނު ދިވެއްސަކު މަރު!
ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް އެރުނު ދިވެއްސަކު މަރު!
ލިޔުން:
ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު ނިޔާވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު 11:05 ހާއިރު އެވެ. ފަތުރުވެރިޔާ ސަލާމަތްކުރަން މޫދަށް ފޭބީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ނިޔާވެފައިވަނީ 39 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ދަނގެތި ހެލްތް ސެންޓަރަށް އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
