މާލެ: 31°C

ގެމަނަފުށީ އައިސް ޕްލާންޓް ހުޅުވައިފި

February 27, 2025
139 ފަހަރު ބަލާފައި
ގެމަނަފުށީ އައިސް ޕްލާންޓް ހުޅުވައިފި
ގއ.ގެމަނަފުށީގައި ގާއިމުކުރި އައިސް ޕްލާންޓު މިއަދު ހުޅުވައި ފުރަތަމަ ދުވަހު ހިލޭ އައިސް ދޫކުރަން ފަށައިފި އެވެ.

ގއ.ގެމަނަފުށީގައި ގާއިމުކުރި އައިސް ޕްލާންޓު މިއަދު ހުޅުވައި ފުރަތަމަ ދުވަހު ހިލޭ އައިސް ދޫކުރަން ފަށައިފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

ގެމަނަފުށީ އައިސްޕްލާންްޓެއް ގާއިމުކުރީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ.

މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕްލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެ އެވެ. އެހެންކަމުން މި ޕްލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އައިސް ޕްލާންޓް ހުޅުވައިދެއްވުމަށް ފަހު ފިޝަރީޒް މިނިސްޓަރު މިއަދު ވިދާޅުވީ ގެމަނަފުށީހެ އައިސް ޕްލާންޓާއެކު ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެ ކަމަށެވެ.

އަދި އެއާއެކު އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެ ތެލަށް ކުރާ ހަރަދުވެސް މަދުވެ މަސްވެރިންގެ އާމްދަނީ ދެން އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ

  • މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް
  • އެކަމަށްޓަކައި އިތުރު 13 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ