
ގެއްލުނު ޖަމްބޯ ދޯނިވަނީ އަޑިއަށް ގޮސްފައި: އެމްއެންޑީއެފް
ގެއްލުނު ޖަމްބޯ ދޯނިވަނީ އަޑިއަށް ގޮސްފައި: އެމްއެންޑީއެފް
ލިޔުން:
ގެއްލުނު ޖަމްބޯ ދޯނިވަނީ އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފް ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ކަނޑުމަތިން ނެގި މީހުން ވަނީ ގެއްލުނު ޖަންބޯ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމީހުންނެގި ލޯންޗުގެ ކެޕްޓަނަށް މަޢުލޫމާތު ދީފައިކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، ލޯންޗުންނެގި މީހުން މިހާރު އެހެން ދޯންޏެއްގައި މާލެއަށް ގެނައުމަށް ދަތުރުކުރަމުން ދާކަމަށާއި، އިތުރު ތަފްޞީލްތައް ލިބޭނީ ހަވީރު 16:30 ހާއިރު އެމީހުން މާލެ އައުމުން ކަމަށެވެ.
ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓް ވެސް ވަނީ މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައި ކަމުގައިވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ދޯނި ގެއްލުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. "ޖަންބޯ" އަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
