މާލެ: 31°C
ގެއްލުނު ބިދޭސީ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ބިދޭސީ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

May 19, 2024
2 ފަހަރު ބަލާފައި
ގެއްލުނު ބިދޭސީ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ގދ. އަތޮޅުގައި އޮންނަ ރަަފެލްސް މޯޯލްޑިވްސް ރިސޯޓްގައި މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފާބައި އުޅުނިކޮށް ގެއްލުނު ބިދޭސީ މީހާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދިއްޖެއެވެ. ފުލުހުން ފުލުހުން ބުނީ، ގދ. އަތޮޅުގައި އޮންނަ ރެފެލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް މިއަދު 15:30ހާއިރު ލިބިފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. https://twitter.com/PoliceMv/status/1792214137151623220 އެ މީހާއަކީ ރިސޯޓު ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ މޫދަށް އެރި އުޅުނު ކަޔަކްގެ ފޮޓޯ އާންމުކޮށް ފުލުހުން ވަނީ، ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އަދި މި ކަޔަކް ބޯޓު ފެނިއްޖެނަމަ 3322111 އަށް ނުވަތަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6842557 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދިފައެވެ. މި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް ދަނީ ކުރަމުން ނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އެންމެފަހުން ފެނުނު އިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެއް ކަމަށާއި، އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ލަފާކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ