މާލެ އިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ނ. މަނަދޫ، ރީހުއްސަބާ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު، ގެއްލިގެން އިއްޔެ އޭނާގެ އާއިލާއިން ރިޕޯޓް ކޮށްފައިވާތީ އޭނާ ހޯދަމުން ދާކަމަށާއި، އޭނަގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:41 ގައި ކަމަށާއި އޭގެ ފަހުން ޝިހާދުގެ ހަބަރެއް ނުވާކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އޭނަ އަކީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށާއި، އެހެންކަމުން އޭނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައިވެ އެވެ.







