
ގެއްލިގެން ހޯދަމުންދިޔަ މަންމަ އާއި ކުޑަ އަންހެން ދަރިފުޅު ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ މަންމަ އާއި ކުޑަ އަންހެން ދަރިފުޅު ފެނިއްޖެ
ލިޔުން:
ގެއްލިގެން ހޯދަމުންދިޔަ ހއ. އިހަވަންދޫ، ނަސްރީނުގެ، އުމުރުން 32 އަހަރުގެ އައިޝަތު އިހްސާނާ އާއި އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅުގެ ހަބަރެއް ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އައިޝަތު އިހްސާނާގެ ހަބަރެއް ނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އައިޝަތު އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އޭނާ ގެއްލިފައިވަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އޭގެ ފަހުން، ފުލުހުން ބުނީ، އިހުސާނާ އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، އަދި އޭނާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
