މާލެ: 31°C
ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ

April 2, 2024
2 ފަހަރު ބަލާފައި
ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެންކުއްޖާ ފެނިއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުދިޔަ އަންހެންކުއްޖާ މިއަދު ފެނިއްޖެއެވެ. ރ. އިނގުރައިދޫ އަށް ނިސްބަތްވާ އެރަށު ކަނބުރުގޭ އުމުރުން 13 އަހަރުގެ އާއިޝަތު ޒީވާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކށްފައިވަނީ  ރޭ 07:45 އެހައިކަންހާއިރެވެ. މިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން ޒީވާ އާއިލާގެ މެމްބަރަކު ބުނީ ކުއްޖާ ފެނިފައިވަނީ މިއަދު މީގެ ކުޑައިރުކޮޅެއް ކުރިން މާލެއިން ކަމަށެވެ. ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅެވެ. އާއިލާގެ މީހުންނަށް ކުއްޖާގެ ހަބަރެއް ނުވެ މިހާ ގިނައިރުވި ސަބަބެއް އަދި ނޭނގެއެވެ. ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. މީގެ ދެދުވަހެއް ކުރިންވެސް ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިއެވެ. ފުލުހުން އޭނާ ހޯދަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އޭނާވެސް ފެނުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ