
ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ
ލިޔުން:
ސ. މަރަދޫ، ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް ފުލުހުން ކުރި މަސައްކަތުން ފެނިއްޖެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މަސައްކަތުން އާސިރު ފެނިފައިވާ ކަަމަށެވެ. އާސިރު ފެނިއްޖެކަން މިނިސްޓަރ އިމްރާން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ ފެނުނީ ކޮންތަނަކުން ކަމެއް، އަދި އޭނާގެ ހާލަތެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، ވީގޮތެއް ނޭނގި ގެއްލިފައިވާ މުހައްމަދު އާސިރު އިސްމާއީލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަ މަންޒަރު، ސީސީޓީވީ ފުޓޭޖްތަކުން ފެނުނު ނަމަވެސް އޭނާ އެތަަނަށް ވަނުމަށް ފަހު ދެން ދިޔަ ދިމާލެއް އެނގޭނެ ފުޓޭޖެއް ފުލުހުންނަކަށް ނުލިބުނު ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސިރު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި އެކި ސަރަހައްދުގައި ހުރި ކެމެރާތަކުގެ ޖުމްލަ 150 ގަޑި އިރަށް ވުރެ ގިނަ ފުޓޭޖްތައް ބަލާފައިވާ ކަމަށެވެ. ފުލުހުން ބެލި ފުޓޭޖްތަކުގެ ތެރޭގައި ވީއައިއޭގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ސަރަހައްދުގައި ހުރި ކެމެރާތަކުން ރެކޯޑް ކުރެވިފައިވާ ފުޓޭޖް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ވާ ގޮތުން، އެހުރިހާ ފުޓޭޖްތައް ބަލައިގެން ފުލުހުންނަށް މިހައިތަނަށް ދެނެގަނެވިފައި ވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ކައިރިން ޓެކްސީއަކަށް އަރައިގެން ގޮސް އެއާޕޯޓްގެ ޓާމިނަލަށް ވަނތްކަން އެކަންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
