މާލެ: 31°C

ގެއްލިގެން އެދިޔައީ، ކޮންސްޓްރަކްޝަން ދާއިރާގެ އަގުހުރި ޖަވާހިރެއް

April 30, 2023
2 ފަހަރު ބަލާފައި
ގެއްލިގެން އެދިޔައީ، ކޮންސްޓްރަކްޝަން ދާއިރާގެ އަގުހުރި ޖަވާހިރެއް
ގެއްލިގެން އެދިޔައީ، ކޮންސްޓްރަކްޝަން ދާއިރާގެ އަގުހުރި ޖަވާހިރެއް
ރޭ އިރާކޮޅު ފޭދޫފިނޮޅު ކައިރީގައި ހިނގި ލޯންޗް އެކްސިޑެނޓްގައި ނިޔާވި ސައުދު އަހްމަދަކީ ރާއްޖޭގައި ފާހަގަކުރެވޭ ކުންފުންޏެއް ކަމަށްވާ ސާސޭ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. ސައުދުގެ އާއިލާއަށް ތައުޒިޔާ ކިޔާ މަސީން ނެރުނު ބަޔާނެއްގައިވަނީ ސާސޭ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދަކީ އަހަރުތަކެއް ކުރިން އެއެސޯސިއޭޝަންގެ މެމްބަރު ކުންފުނިތައް ކަމުގައިވާ ރެއިންބޯ ކޮންސްޓްރަކްޝަންއާއި  އަމީން ކޮންސްޓްރަކްޝަންގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އޭގެ ފަހުން ސާސޭ ކޮންސްޓްރަކްޝަން ކުންފުނީގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހިންގުންތެރިއެއްކަމަށެވެ. ސައުދުގެ ހިދުމަތްތަކުގެ ތެރެއިން އައްޑޫ ސިޓީގައި ސާކް ސަމިޓް ބޭއްވުމަށް އިމާރަތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ މަސައްކަތްތައްފަދަ ބޮޑެތި މަސައްކަތްތައް ވެސް ހިމެނެއެވެ. އޭނާ އިސްވެ ހުރެ ހިންގަވާ ސާސޭ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީއަށްވެސް ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން ފެނާއި ނަރުދަމައާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކާއި ނަރުދަމާގެ މަސައްކަތްތައް ހިމެނެއެވެ. ސައުދުގެ ގާތް އެކުވެރިއަކު 'މިނިވަން' އަށް ބުނި ގޮތުގައި ކޮންސްޓަރަކްޝަން ދާއިރާގެ ހުރިހާ ބޮޑެތި ކުންފުނިތަކެއް ނަގާ ކޮޅަށް ޖެހުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ސައުދެވެ. " އެއީ މާސްޓާ މައިންޑެއް، މިގެއްލުނީ ޖަވާހިރެއް " ހާދިސާއާއި ގުޅިގެން އަސަރުކޮށްފައިވާ އެކުވެރިޔާ ބުންޏެވެ. " އެކްސިޑެންޓް ހިނގާ ކުއްލި ވަކިވުމުގެ ހަބަރު ލިބުނީ، ހިތާމަޔާ، ހައިރާންކަމާއެކު، ކޮންސްޓަރަކްޝަން ދާއިރާގެ ފާހަގަ ކޮށްލެވޭ ހުނަރުވެރިއެއް، ގެއްލިގެން ދިޔައީ މަދުންނޫނީ ނުފެންނަކަހަލަ މަސައްކަތްތެރިއެއް ..." އެހެން މީހަކު ސޯޝަލް މީޑިއާގައި ބުންޏެވެ. " ރަނގަޅު އެކުވެރިއެއް، ކޮންސްޓަކްޝަން ދާއިރާގެ ފަހުގެ ތާރީހުގަ އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅާ.." މުހައްމަދު އަލީ ޖަނާހު ވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ވެސް ގިނަބަޔަކު ހިތާމަފާޅުކޮށް ސައުދުގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ހެޔޮދުއާކުރަމުން ދަނީ ، ގެއްލިގެން ދިޔައީ އަގުހުރި ޖަވާހިރެއްކަމުގައި ބުނެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ސައުދުގެ ވަކިވުމަކީ ކޮންސްޓަރަކްޝަން އިންޑަސްޓްރީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. އުމުރުން 52 އަހަރުގެ ސައުދު ނިޔާވެފައިވަނީ އިއްޔެ ހަވީރު 16:40 ހާއިރު ފޭދޫފިނޮޅު ކައިރިން 2 ލޯންޗް ޖެހި ހިނގި އެކްސިޑެންޓްގައި އޭޑީކޭ ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާދެމުންދަނިކޮށް އިރުއޮއްސި 18:30 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ އެމްޑަބްލިއުއެސްސީ ލޯންޗަކާއި، ސާާސޭ ކޮންސްޓްރަކްޝަނުގެ ލޯންޗެއް ޖެހި ގެންނެވެ. އެވަގުތު ސައުދު އިންނެވީ ސާސޭ ކުންފުނީގެ ލޯންޗުގެ އެންމެފަހަތުގައެވެ. ސައުދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރާނީ، މާދަމާ މެންދުރުނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ