މާލެ: 31°C
ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރި ކުރި މީހަކު ހޯދަނީ

ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރި ކުރި މީހަކު ހޯދަނީ

May 23, 2024
3 ފަހަރު ބަލާފައި
ގެއްލިފައިވާ ކޭޝް ކާޑަކުން ވިޔަފާރި ކުރި މީހަކު ހޯދަނީ
ކޭޝް ކާޑެއް ގެއްލިފައިވަނިކޮށް، އެކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ. އެމީހާގެ ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އޭނާ އަކީ ގެއްލިފައިވާ ކޭޝްކާޑެއްގެ މައްސަލަ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން ދަނިކޮށް އެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެެއް ކަމަށެވެ. [embed]https://youtu.be/Pzi_2STlOgE[/embed] އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ