މާލެ: 31°C

"ގެދޮރުވެރިޔާ" ސްކީމުން 170 ވަަރަކަށް މިލިޔަން ދޫކުރެއްވިއްޖެ: އަސްލަމް

February 21, 2023
2 ފަހަރު ބަލާފައި
"ގެދޮރުވެރިޔާ" ސްކީމުން 170 ވަަރަކަށް މިލިޔަން ދޫކުރެއްވިއްޖެ: އަސްލަމް
"ގެދޮރުވެރިޔާ" ސްކީމުން 170 ވަަރަކަށް މިލިޔަން ދޫކުރެއްވިއްޖެ: އަސްލަމް
ގެދޮރުވެރިޔާ" ލޯން ސްކީމުން މިހައިތަނަށް 300 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށާއި އެ ސްކީމުން 170 ވަރަކަށް މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ލޯ ނަގަން 500 އަށް ވުރެ ގިނަ މީހުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 300 އަށް ވުރެ ގިނަ މީހުންނަށް ލޯނު އެޕްރޫވްކޮށްފައިވާނެ ކަމަށެވެ. އެ އަދަދުގެ މީހުންނަށް ހަމަޖައްސައިދިނީ އޭނާ ވިދާޅުވި ގޮތުގައި 170 ވަރަކަށް މިލިޔަން ރުފިޔާ އެވެ. "އެޕްރޫވް ކުރެވުނު 300 ލޯނުގެ ތެރެއިން 250 އާ ގާތްކުރާ މިންވަރަކަށް އަޅުގަނޑު ގަބޫލުކުރަނީ ލޯނު މިހާރު ޑިސްޕާސް ކުރެވެމުން ދާނޭ. ސަރުކާރުގެ އަމާޒަކީ މި ސްކީމް ހުއްޓައިނުލައި ކުރިއަށް ގެންދިއުން އަދި ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން އެ ސްކީމް ކުރިއަށް އެބަ ގެންދަން،" އަސްލަމް ވިދާޅުވި އެވެ. މި ސްކީމް ހާއްސަ ކޮށްފައިވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ރަނގަޅު ކުރުމަށް ކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ގެދޮރުވެރިޔާ ލޯނު ސްކީމަކީ ރަށްރަށުގައި ގޯތި ލިބި، ގެ ނޭޅިފައި ތިބި މީހުން ގެދޮރު އިމާރާތްކުރަން ހާއްސަކޮށް ސަރުކާރުން ތައާރަފްކުރި ސްކީމެކެވެ. އެ ސްކީމުން 700،000.ރ ( ހަތް ލައްކަ ރުފިޔާ) އާ ހަމައަށް ލޯނު ދޫކުރާ އިރު އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އެ ލޯނުތައް އަނބުރައި ދައްކަން 15 އަހަރާއި 20 އަހަރާ ދެމެދުގެ މުހުލަތެއް ލިބެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ