މާލެ: 31°C

ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި

March 10, 2025
313 ފަހަރު ބަލާފައި
ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދިން ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި
މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީ، އަނިޔާކުރި 4 މީހަކު ފުލުހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. 

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީ، އަނިޔާކުރި 4 މީހަކު ފުލުހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާންމުކޮށްފިއެވެ. 

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނަކީ، ރިތިހިޔާ/ އއ. މާޅޮސް، މުހައްމަދު އަފްލާހް (23 އަހަރު)، އާ އެލަސް/ ނ. ވެލިދޫ، އިބްރާހީމް އަހުނަފް (21 އަހަރު)، ހަވޭލީ/ ނ. މަނަދޫ، މުހައްމަދު އަޒާން (23 އަހަރު) އަދި ފަޒާ/ ތ. ގުރައިދޫ، އަލީ ނަވާފު (21 އަހަރު) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑިއޯ އިން ފެންނަ ގޮތުގައި އެ މީހާ ބިން މައްޗަށް ވައްޓާލާ، އަނގަމަތީގަތަ އެއްޗެއް އަޅުވައި، ގައިގަ ސިނގެރޭޓް ޖައްސުވަ އެވެ. އަދި ސްޓެޕްލާއެއް ބޭނުންކޮޮށް، އެ މީހާއަށް ބިރުދައްކާތަންވެސް ވިޑިއޯ އިން ފެނެ އެވެ.

ސޯޝަލް މީޑިއާގައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު މީހާއަކީ، ގޭގެ ވެރި ފަރާތެވެ. އަދި އެ މީހާއަށް އަނިޔާކޮށްފައިވަނީ އެ ގޭގައި ކުއްޔަށް އުޅުނު ބަޔަކު އެވެ. އެ މީހުން ނިސްބަތްވަނީ މަލޭގެ ނަން މަޝްހޫރު ގޭންގްއަކަށް ކަމަށް ބުނެފައިވެ އެވެ. އެ މީހުން އެ މީހާއަށް އަނިޔާކުރީ، ގޭގައި މަސްތުވާތަކެތި ވިއްކާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، އެޕާޓްމެންޓް ހުސްކުރުމަށް އެންގުމުން ކަމަށްވެސްވެ އެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ގަލޮޅުގައި ހުންނަ ގެއަކަށް ވަދެ، އެ ގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީ، ގެއަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުނެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 12:45 ހާއިރު އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ