ދަވައިބް ޖަމިއްޔާއަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރުކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު ރަޖިސްޓްރީކޮށްގެން ހިނގަމުން އަންނަ ޖަމިއްޔާއެކެވެ. ޚިދުމަތް ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފުންނާބު އުސް ޖަމިއްޔާއެކެވެ.
"ޣައްޒާގެ މުސްލިމުންނަށް ޢީދަށް ޞަދަޤާތެއް" ކެމްޕެއިންގައި ޣައްޒާގެ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު ހުޅުވާލައިފި
"ޣައްޒާގެ މުސްލިމުންނަށް ޢީދަށް ޞަދަޤާތެއް" ކެމްޕެއިންގައި ޣައްޒާގެ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު ހުޅުވާލައިފި
ލިޔުން:
ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، ދަ ވައިބް ޖަމިއްޔާއިން އިސްނަގައިގެން ޚިދުމަތް ޖަމިއްޔާއާއި ގުޅިގެން 'ޣައްޒާގެ މުސްލިމުންނަށް ޢީދަށް ޞޮދަޤާތެއް' ގެ ނަމުގައި 10 ދުވަހުގެ ކެމްޕެއިންނެއް ފަށައިފިއެވެ.
މި ރަމަޟާން މަހުގެ 16 އިން 26 އަށް ކުރިއަށްދާ މި ކެމްޕޭނުގައި ތަނަވަސްކަން ހުރި ފަރާތްތަކުން އެންމެ 5 ރުފިޔާ ހޭދަކޮށްލައިގެން ޣައްޒާގެ އަހުންނާއި، އުހްތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން މިނިވަންއާ ވާހަކަދައްކަވަމުން ދަ ވައިބް ޖަމިއްޔާގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު އަބުދުﷲ ވިދާޅުވީ، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އުދުއާންތައް މި ރަމަޟާންމަހު އިތުރުވެފައިވާއިރު، ދުވަހެއް ދުވަހަކަށް ހާލުގައި ޖެހެމުންދާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ.
ކިތަންމެ ކުޑަ އެހީ ތެރިކަމަކުންވެސް ޢައްޒާގެ މުސްލިމުންގެ ޙާލަތަށް ލުއެއް ފޯރުކޮށްދެވިދާނެ. އަޅުގަނޑުމެން އެދެނީ، މި ކެމްޕެއިންގެ އެހީގައި ޢައްޒާގެ މުސްލިމުންނަށް ކުޑަނަމަވެސް އެހީތެރިކަމެއް ފޯރުކޮށްދިނުން" ޢަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކިތަންމެ ކުޑަ ޞޮދަޤާތަކުންވެސް ބޮޑު ފަރަގެއް ގެނެވޭނެކަން ރަމްޒުކޮށްދޭ މި ހަރަކާތުގައި ބައިވެރިވުމަކީ ދަ ވައިބް އަދި ހިދުމަތް ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެފަރާތުން ބުނި، މި ހަރަކާތުން ލިބޭ ޖުމްލަ އަދަދުން އެއްވެސް އަދަދެއް އުނިކުރުމަކާއި ނުލައި، ޣައްޒާގައި މަދަނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުއިއްޔާއަކަށް ފައިސާ ޖަމާ ކުރެވިގެން ދާނެ ކަމަށެވެ.
ދަވައިބް ޖަމިއްޔާއަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރުކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު ރަޖިސްޓްރީކޮށްގެން ހިނގަމުން އަންނަ ޖަމިއްޔާއެކެވެ. ޚިދުމަތް ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފުންނާބު އުސް ޖަމިއްޔާއެކެވެ.
ދަވައިބް ޖަމިއްޔާއަކީ ޒުވާނުންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރުކުރުމުގެ މަޤުޞަދުގައި 2012 ވަނަ އަހަރު ރަޖިސްޓްރީކޮށްގެން ހިނގަމުން އަންނަ ޖަމިއްޔާއެކެވެ. ޚިދުމަތް ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ފުންނާބު އުސް ޖަމިއްޔާއެކެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
