މާލެ: 31°C

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން ދެކޮޅު ހަދާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

March 4, 2025
93 ފަހަރު ބަލާފައި
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން ދެކޮޅު ހަދާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން ދެކޮޅު ހަދާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީން ދެކޮޅު ހަދާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

އިސްރާއިލުން ޣައްޒާގައި ހިންގަމުން ދިޔަ ގަތުލު މެދުކަނޑާލައި އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ ފުުރުސަތު ދީފައި އޮތުމަށް އަނެއްކާވެސް ވަނީ އެހީތައް އެތެރެވުން ހުއްޓުވައިފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންސާނީ އެހީ ވެއްދުން ހުއްޓާލުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އަދި އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލައި، ބައިނަލްއަގުވާމީ މުޖުތަމައުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ވެސް ގޮވާލައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ