މާލެ: 31°C
ގަވާއިދާ ހިލާފަށް އުޅުނު 173 ބިދޭސީން ޑީޕޯޓުކުރަން ހަވާލުކޮށްފި

ގަވާއިދާ ހިލާފަށް އުޅުނު 173 ބިދޭސީން ޑީޕޯޓުކުރަން ހަވާލުކޮށްފި

February 4, 2024
3 ފަހަރު ބަލާފައި
ގަވާއިދާ ހިލާފަށް އުޅުނު 173 ބިދޭސީން ޑީޕޯޓުކުރަން ހަވާލުކޮށްފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ 173 ބިދޭސީން ޑީޕޯޓްކުރަން ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހިން ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވުމަށް 13 އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މި 173 ބިދޭސީންނަކީ ފުލުހުން ހިނގި އޮޕްރޭޝަންތަކާއި އިމިގްރޭޝަން މެދުވެރިކޮށް ހިނގައިފައިވާ އޮޕްރޭޝަންތަކުން އަތުލާގަނެފައިވާ މީހުން ކަމަށާއި އެމީހުން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާއި މިހާރު ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާއިރު، މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ގިނައެވެ. ސަރުކާރުން ދަނީ ގަވައިދާ ހިލާފައް އުޅޭ ބިދޭސީން ހޯދާ އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެއެވެ. އަދި މިފަދަ ބިދޭސީންގެ މެދުގައިި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ވަރަށް ގިނައެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް 29 އޮޕްރޭޝަނެއް ހިންގާ 51 ސަފާރީއެއް ބަލާ ފާސްކޮށްފައިވާއިރު، މީގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅޭ މުއާމަލާތް ކުރުމާ ގުޅޭ 3097 ފަރާތެއް ބަލާ ހުއްޓުވާފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން 135 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ނާފިޒު ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން، ފުލުހުން ބުނީ މި އޮޕްރޭޝަންތަކުން އަތުލައިގަނެވުމު މަސްތުވާތަކެތީގެ ބަރުދަނުގައި 13400 ގުރާމް ހުރި ކަމަށާއި އޭގެ މަގުމަތީ 5 އަގަށް ބަލާއިރު އެއީ ހަތަރު ލައްކަ އަށާރަހާސް ރުފިޔާ ކަމަށެވެ. އަދި އަތުލެވުނު ބަނގުރަލުގެ އަދަދު 3422 އަރާއިރު، އޭގެ ތެރޭގައި ބަނގުރާ ފުޅިއާއި ދަޅު ހިމެނޭކަމަށާއި ބަނގުރަލުގެ ޖުމްލަ އަދަދު ހަތަރު ލައްކަ ނަވާރަ ހާހަށް އަރާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ