
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނެއްކާ ވެސް ގައުމަށް ފޮނުވަން ފަށައިފި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނެއްކާ ވެސް ގައުމަށް ފޮނުވަން ފަށައިފި
ލިޔުން:
ގަވާއިދާ ހިލާފަށް ރާއްޖޭގައ އުޅޭ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް، އެކަމަށް ހާއްސަ ޑިޓެންޝަން ސެންޓަރުން އަނެއްކާ ވެސް ފަށައިފިއެެވެ.
މެދުކެނޑުމަކަށްފަހު އަލުން މިމަސައްކަތް ފަށާފައި ވަނީ މިދިޔަ ބުދަދުވަހުއެވެ. ސަރުކާރުން މިމަސައްކަތައްޓަކާ ތައްޔާރުކުރި ޑިޓެންޝަން ސެންޓަރުގެ މަސައްކަތް އަލުން ފެށި ޖޯޝާ އެކު އެމަަސައްކަތް ކުރިއަށް ދާ މަކުގައި އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރައްވަމުން އަންނަނީ، އިކޮނޮމިކް މިނިސްޓްރީއާ، ފޮރިން މިނިސްޓްރީ އައި އިމިގްރޭޝަން ގުޅިގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އަލުން މި މަސައްކަތް ފަށައި، މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު މާލޭގައި ބިދޭސީން ޢާއްމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި ތިބ ބިދޭސީންނާއި ސުވާލުކޮށް އެމީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް ތިބި މީހުން ވީހާވެސް އަވަހަކަށް ގައުމަށް އަނބުރާ ފޮނުވުމަށް މަސައްކަތްކުރާކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
