"ވަރަށް ގިނަ ފަހަރަށް މިވާގޮތަކީ ދިވެހި ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ވިޔަފާރި މިއޮންނަނީ ރަޖިސްޓްރީ ކޮށްފައި، އެ ރަޖިސްޓްރީ ކުރާ ފަރާތުން މިހަދާ ގޮތަކީ ބިދޭސީއަކަށް އެތަން ހިންގަން މިދެނީ. ދިނީމަ އާންމު އުސޫލުން އިންސްޕެކްޝަނާ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެވެސް ގޮތަކުން ޖަސްޓިފައި އެބަކުރޭ މިއީ ދިވެހި ވިޔަފާރިއެއްކަން. ދިވެހި ވިޔަފާރިއަކުން ވަޒީފާ ދީފައި ހުންނަ މީހެއްކަން. ދެން މިޖެހެނީ އަނެއްކާވެސް އެކަމާ ގުޅޭ އިދާރާއަކުން ނުވަތަ ތަނަކުން އޮޅުންފިލުވަން މިއީ ކިހިނެތްވާ ކަމެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.ސަޢީދު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރަށްރަށުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކޮންމެ ރަށެއްގައި ބިދޭސީންގެ ދަފުތަރެއް އެކުލަވައިލުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅުއެޅުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު ސައީދު
ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅުއެޅުމުގެ މަސައްކަތް ފަށައިފިން: މިނިސްޓަރު ސައީދު
ލިޔުން:
ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"އަހާ" ނަމުގައި ކުރިއަށްގެންދާ ވަޒީރުންނާއި އާންމުން ސުވާލުކުރުމުގެ ފުރަތަމަ ފޯރަމްގައި ރޭ އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރު ވިދާޅުވީ ގަވާއިދާއި ހިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަލައަކީ ސަރުކާރުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި ރައްޔިތުން އަދި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ގަވާއިދާއި ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށާއި، ބައެއް ބިދޭސީން ގަވާއިދާއި ހިލާފަށް ވިޔަފާރިތައް ހިންގަނީ ދިވެހިންނާ ގުޅިގެންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
