މާލެ: 31°C
ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުން މަސްބާނަން އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި

ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުން މަސްބާނަން އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި

March 3, 2024
3 ފަހަރު ބަލާފައި
ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުން މަސްބާނަން އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓައިފި
ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާއި ހިލާފަށް ވަދެ އުޅުނު ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ބުނީ އެއީ މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ މަސް ބޯޓެއްކަމަށެވެ. ނަމަވެސް ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ހިފަހައްޓަ އެވެ. މިގޮތަށް އެންމެ ގިނައިން ހިފަހައްޓާފައިވަނީ ލަންކާ އާއި އިންޑިއާގެ ބޯޓު ތަކެވެ. އޭގެ ތެރެއިން ގިނަ ބޯޓްތަކާއި މީހުން އަނބުރާ އެ ގައުމުތަކަށް ފޮނުވާލައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ