އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާ ޓާސްކްފޯހުގައި ހިމެނުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން މިކަމާގުޅިގެން އިހްސާން ވިދާޅުވީ، ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހިންގާ ރެއިޑްތަކުގައި މީގެފަހުން އެޗްޕީއޭ އާއި އެމްއެފްޑީއޭ އަދި އިގްތިސާދީ ތަރައްގީއާއިބެހޭ ވުޒާރާގެ އޮފިޝަލުން ބައިވެރިވެވަޑައިގެން، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަވި ބައެއް ކަންކަމުގެ އަލީގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާސްކްފޯހުގެ ކޮމްޕޮޒިޝަންއަށް ބަދަލު ގެނެސްފަ. އޮޕަރޭޝަންގައި އިތުރަށް ބައިވެރިވާ އިދާރާތަކުގެ އޮފިޝަލުން ޓާސްކްފޯހުގެ ފަރާތުން އޮޕަރޭޝަނަލް މަސައްކަތްތާއި ތަންތަން ރެއިޑް ކުރަމުންދާއިރު އެކަމުގަ ބައިވެރިވާނެ" އިހުސާން ވިދާޅުވިއެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިގޮތުން އެ އޮޕަރޭޝަނުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާތަންތަން ރެއިޑްކޮށް ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތައް ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖުލައި މަހުގައެވެ. މިގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފާއިތުވި މަސްތަކުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައެވެ.ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމައިފި
ލިޔުން:
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުފައްދާފައިވާ ޓާސްކްފޯހުން ހާއްސަ އިސްކަމެއް ދެއްވައިގެން މިހާރުކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާފުޅު ދެއްވާފައިވަނީ މި ބޮޑު މައްސަލާގައި ސަރުކާރާއި ދައުލަތުގެ އެއްވުޒާރާއާ އަނެއް ވުޒާރާ ގުޅިގެން ރައްޔިތުން އެދޭ އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
