މާލެ: 31°C

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ: ރައީސް

November 11, 2024
2 ފަހަރު ބަލާފައި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ: ރައީސް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ: ރައީސް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދިއްޖެނަމަ، މިނިވަންކަމަށް އަރާ ބުރުލަކަށް އެކަން ވެދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ އިހުތިފާލުގައި، ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖޭގައި ހެދިފައި އޮތް ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި، އެތައް އަހަރަކަށް ދިގުލައިގޮސްފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގެވުމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށް ފަހު، ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފެއްޓެވިކަމަށާއި، ގަވައިދާ ހިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އަހަރު ދުވަހަށް ބަލާއިރު ރެކޯޑެއް ކަމަށާ، އަދި މި ކަމަށް ދާއިމީ ޙައްލެއް ބޭނުންފުޅުވާކަމަށާއި، ނޫންނަމަ އެތެރެއިން އަންނަ މިނިވަންކަމުގެ ބުރުލަކަށް މިކަންވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިޖުތިމާއި އަމާންކަމާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ، މަސްތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަސްތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް، މަސްތުވާތަކެތި އަތުލައިގަނެވިފައިވާ މިންވަރު، ކުރީ އަހަރަށްވުރެ 60 އިންސައްތަ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޭނުންފުޅުވަނީ މުޖުތަމައުގައި ހުރި ނުބައި އާދަތައް ފިލުވާލުންކަމަށާއި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގާބިލުކަން އިތުރުކޮށް، މި މަސައްކަތް އަދިވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅުއްވުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުން، ފުރާނައަށް ނުރައްކާ ދަރަޖައިގެ މަގުމަތީގެ އެކްސިޑެންޓްތައް، މިދިޔަ އަހަރާ އަޅާބަލާއިރު 33 އިންސައްތަ މަދު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި އަމާންކަން ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުމަށް މި އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި ހެދިފައި އޮތް އިމިގްރޭޝަން ގާނޫނު، އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަންވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް 2025 ވަނަ އަހަރު ނިމޭއިރު، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދެވެމުންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެކަނި ބޮޑެތި އިމާރާތްތަކެއް އަޅައިގެން ތިބުމަކުން ސަރުކާރުގެ ބޭނުމެއް ނެތް ކަމަށާއި، ހަގީގީ އުފާވެރިކަމެއް ލިބޭނީ ދިރިހުރި ފަރާތަކަށް، ދިރުމަކަށް ކަމެއް ކޮށްދެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ސަރުކާރު ހިންގެވުމާއި ހަވާލުވެވަޑައިގެންނެވިއިރު، މުޖުތަމައު އޮތީ އޯގާތެރިކަމާއި އަޅާލުން ނުލިބި އޮތް ހާލެއްގައި ކަމަށާއި، އޯގާތެރި ސަރުކާރެއް ޤާއިމު ކުރެއްވުމުގެ ސިޔާސަތު ކަނޑައެޅުއްވީ އެ ސަބަބަށްޓަކައި ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މަޝްރޫއުގެ ދަށުން 34 ކުއްޖަކަށް ދިރިއުޅުން ހޯދައިދެވިފައި ވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ކާމީޔާބީއާއި، އިސްރަށްވެހިންގެ ދިރިއުޅުމަށް އުފާވެރިކަން ހޯއްދަވައިދެއްވުމަށް ކުރެއްވިފައިވާ މަސައްކަތްތައް އެމަނިކުފާން ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރި ހާލުގައި ތިބި ފަރާތްތައް ހަވާސާކުރުން ނިމުމަކަށް ގެންނަވައި، އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އަލުން ފެށިފައި ވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަންހެންބޭފުޅުން ބާރުވެރިކުރުވުމަށް ފަށާ މަދަދު ޕްރޮގްރާމްގެ ދަށުން މިހާރުވެސް ލޯނުތައް ދޫކުރަމުންދާކަންވެސް އެ މަނުކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ