މާލެ: 31°C

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 2 ތަނެއް ހުއްޓުވައިފި

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 2 ތަނެއް ހުއްޓުވައިފި
September 11, 2024
2 ފަހަރު ބަލާފައި
ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 2 ތަނެއް ހުއްޓުވައިފި
ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ފުލުހުން ހުއްޓުވައިފިއެވެ. ފުލުހުން ބުނީ، މި ދެތަން ބަނދު ކޮށްފައިވަނީ، މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަން މިމަހުގެ ތިން ވަނަ ދުވަހު ހިންގާފައިވާއިރު، އެ އޮޕަރޭޝަނުގައި “ޓްރާންސްފަރ މޯލްޑިވްސް” ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔަރ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާތިލުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ