ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި ވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން: ގާސިމް

ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި ވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން: ގާސިމް
ލިޔުން:
ވަކިވަކި ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓް ގައި އެމަނިކުފާނު ވިދާޅުވީ، ދުނިޔެ އާރާސްތުވެ، އުމްރާނީގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ތަރައްގީގެ އާ އުސްމިންތައް ހާސިލްކޮށްފައި އެވަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށާއި ވަކިވަކި ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށާއި، އަދި އެމީހުންގެ ވިސްނުމާއި ހަކަތައިން ކަމަށެވެ.
"މި ދިވެހި ގައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަގީގީ ހައްގުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީންނެވެ. މަސްވެރީންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި، ދަނޑުވެރީންނާއި، ޢިމާރާތްކުރާމީހުންނާއި، އަދި މިނޫންވެސް އެހެނިހެން ސިނާއަތްތަކުގެ އިތުރުން، ސަރުކާރާއި އަދި އަމިއްލަ އޮފީސްތަކާއި، އުނގަންނައިދިނުމާއި، މުދަލާއި ހިދުމަތާއި، އެކިއެކި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ދިވެހި ލޮބުވެތި މަސައްކަތްތެރީންގެ ސަބަބުންނެވެ.” ޓްވީޓް ގައި ގާސިމް ވިދާޅުވިއެވެ.
https://twitter.com/qasimibrahim/status/1653029741405011970?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1653029741405011970%7Ctwgr%5E0db127fa53bd50013350d51b976807b9a9fa0846%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aslu.com.mv%2F73Gj%3Ffbclid%3DIwAR2o-8S72OIUQyOWrJAL_sE8Uab7WMR0hmLWHrIDtfO1bJ7dKJHtnSsWjZo
ގާސިމް ވަނީ މި ހުރިހާފަރާތްތަކަށް ވަކީން ހާއްސަ ކޮށް މިއަދު އައްސަރިބަހާއި ސާބަސް ރައްދުކޮށް އެފަރާތްތަކަށް ނުހަނު އިހްލާސްތެރި ކަމާއެކު މަރުހަބާ އާއި ތަހްނިޔާ އަރިސް ކޮށްފައެވެށެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
