ގައުމުގެ ތަރައްގީގައި އެއްބައިވަންތަކަށް އިސްކުރަން ޖެހޭ: ނައިބް ރައީސް

ގައުމުގެ ތަރައްގީގައި އެއްބައިވަންތަކަށް އިސްކުރަން ޖެހޭ: ނައިބް ރައީސް
ލިޔުން:
ގައުމުގެ ތަރައްގީގައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަށް އިސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަސީލަތް މަދު ގައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ލިބޭނެކަމަށެވެ. އަދި ގައުމުގެ ތަރައްގީއާއި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.
[embed]https://twitter.com/presidencymv/status/1670845655374524416?s=20[/embed]
ސްޓެލްކޯގެ ހިދުމަތަށް އަލިއަޅުވާލާ ނައިބު ރައީސް ވިދާޅުވީ، އެ އެކުންފުންޏާކީ ރައްޔިތުންނަށް އަސާސީ މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އެކުންފުނިން ކަރަންޓު ހިދުމަތަށް ހެޔޮބަދަލުތަކެއް ގެނެސްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިގޮތުން މާލެ ސަރަހައްދާއި، މާލެ ކައިރީ ސަރަހައްދުތަކަށް ބަލާއިރު 34 ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން އަންނަނީ ފުޅާކުރަމުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ހަމައެއާއެކު، ނައިބް ރައީސް ވިދާޅުވީ މި ސަރުކާރަކީ ދެމެހެއްޓެނެވި ތަރައްގީ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ސަަރުކާރެއް ކަމަށާއި ރަށްރަށުގެ އިންޖީނުގެތަކުގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތް ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
އެ ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ. އަދި އެ ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
