ގައުމުގެ ސަލާމަތާއި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއްގައި ޖޭޕީ ބައިވެރިވެގެން ނުވާނެ: ގާސިމް

ގައުމުގެ ސަލާމަތާއި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއްގައި ޖޭޕީ ބައިވެރިވެގެން ނުވާނެ: ގާސިމް
ލިޔުން:
ގައުމުގެ ސަލާމަތާއި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ބައިވެރިވެގެން ނުވާނެކަމަށް އެ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެޕާޓީގެ 157 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޕާޓީއިން ބުނެފައިވާ ގޮތުގައި މި ބައްދަލުވުމަކީ، ޗާގޯސް މައްސަލާގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހާއްސަކޮށްފައިވާ ބައްދަލުވުމެކެވެ.
ރާއްޖެ މޮރިޝަސް ކަނޑުއޮޅީގެ މައްސަލާގައި ސަރުކާރުގެ ނިންމުމާ މެދު ހިންހަމަނުޖެހުން ފާޅުކުރައްވާ ގާސިމް އިބްރާހީމް ވަނީ ތަކުރާރުކޮށް ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެކަމަށެވެ. އަދި ސަރުކާރުގެ ނިންމުމަކީ ގަނޫނާ ހިލާފު ނިންމުމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
މިއަދު ޖޭޕީ ކައުންސިލުގެ ހާއްސަ ބައްދަލުވުމެއް މިމައްސަލައާ ގުޅޭގޮތުން ބާއްވަމުންދާ އިރު މިއީ، ޖޭޕީ ކައުންސިލްގެ ބައްދަލުވުމެއް ޓިވީއިން ލައިވް ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
