ގައުމީ މަޖިލީހުގެ މެންބަރު ނާފިޒް (ޗިކާ) ނަޝީދު ދޫކޮށް ރައީސް ސޯލިހު ފަޅިއަށް

ގައުމީ މަޖިލީހުގެ މެންބަރު ނާފިޒް (ޗިކާ) ނަޝީދު ދޫކޮށް ރައީސް ސޯލިހު ފަޅިއަށް
ލިޔުން:
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު، އަދި އެޕާޓީގެ މަޑަވެލި ދާއިރާގެ ރައީސް އިބްރާހީމް ނާފިޒް (ޗިކާ) އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު އޭނާ ބުރަކޮށް އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭންކުރެއްވުމުގަ އެވެ.
އެއީ ކީއްވެ އައި ބަދަލެއްތޯ "މިނިވަން" އިން ސުވާލުކުރުމުން ނާފިޒު ވިދާޅުވީ " މަޑަވެލި ދާއިރާއަށް ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކޮށްދެމުން އެބަ އަންނަ ކަަމަށާއި އެކަންތައް ނިންމައިލަން ޖެހޭ" ކަމަށެވެ. އެހެންވީމާ މަޑަވެލި ދާއިރާގައި ސިޔާސީ ގޮތުން ހުންނަ އެމްޑީޕީގެ އެންމެ އިސް މީހަކީ އޭނާ ކަމަށް ވާތީ ރައީސަށް ތާއީދުކުރައްވަން ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޑަވެލި ދާއިރާގައި މިހާރު ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ގިނަގުނަ ކަންތައްތަކަކީ އެކަންކަން މަޑުޖައްސައިލެވޭނެ ކަންކަމެއް ނޫން. އަޅުގަނޑުމެން ކޮންމެހެން ވެސް އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމައިލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް އޭނާ ތާއީދުކުރައްވާ އަނެއް ސަބަބަކީ ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވައި، ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައް އެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަ އައުމެވެ. އޭގޭ މިސާލަކަށް އޭނާ ދެއްކެވީ އުފަންރަށް ގދ. ނަޑައްލާ އެވެ. ނާފިޒު ވިދާޅުވި ގޮތުގައި އޭނާގެ އުމުރުން 40 އަށް ވުރެ މަތިވި އިރު މީގެ ކުރިން އެއްވެސް ސަރުކާރަކުން އޮތީ އެރަށަށް އަަޅައިނުލަ އެވެ. އެކަން ނިމުމަކަށް ގެންނެވީ އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުންނެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
