
ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ކަށިމާ ޝާކިރު
ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ކަށިމާ ޝާކިރު
ލިޔުން:
ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޛު ކަށިމާ އަހްމަދު ޝާކިރު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ޑރ. މުއިއްޒު، އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ކަމަށެވެ.
އަނީސާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި ރައީސް ވަނީ ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ދިގު މުއްދަތެއްގައި ކޮށްދެއްވި އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އަނީސާ އައްޔަންކުރެއްވީ 2014 ވަނަ އަހަރެވެ. އޭރު އޭނާ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެ ކޮމިޓީގެ ޗެއާޕާސަނަށް އައްޔަންކުރެއްވީ ޖެނުއަރީ 2018 ގައެވެ.
ރައީސް އޮފީހުން ވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް އިސްމާއިލް އައްޔަންކުރެއްވުމުން، އޭނާގެ ބަދަލުގައި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަސީރު ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް އައްޔަންކުރައްވައިފައެވެ.
ބަދުރު ވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
