މާލެ: 31°C
ގައުމީ އިނާމު 4 ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދެއްވައިފި

ގައުމީ އިނާމު 4 ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދެއްވައިފި

July 26, 2023
2 ފަހަރު ބަލާފައި
ގައުމީ އިނާމު 4 ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދެއްވައިފި
ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމިއްޔާ އަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު  ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ހަނދާނީ ފިލައެކެވެ. ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަދު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނާއި، ކުންފުންޏަކީ:
  1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިޚް އަހްމަދު ފަހުމީދީދީ، ގ.ސިނަމާލެ 1 13-01
  2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން- ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
  3. ފަތުރުވެރިކަމުގެ ދާއިރާއިން- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  4. ދަތުރުފަތުރުގެ ދާއިރާއިން- ކެޕްޓަން އަހްމަދު ޒުބައިރު، މ. މޯނިންގވިލެޖް
  5. ކުޅިވަރުގެ ދާއިރާއިން- މައިޒާން އަލީ މަނިކު، ހ. އިސްދޫ
މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 17 ބޭފުޅުންނާއި، ޖަމިއްޔާއަކީ:
  1. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާނުގެ އިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން. އަލްޤާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ.ފުނަދޫ
  2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިޚް ހަސަން ލަޠީފް މޫސާ، ހިކަދިގަސްދޮށުގެ، ސ.ހިތަދޫ
  3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: ޢަލީ އަމީރު، ލަކީސްޓާރ، ދ.ބަނޑިދޫ
  4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން. ފާރޫގު އަޙްމަދު، ކްރެޝެންޓްވިލާ، ހދ. ފިނޭ
  5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން. ލިޔުންތެރިންގެ ގުޅުން
  6. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން. އަބްދުއްސަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް
  7. ތައުލީމީ ދާއިރާއިން: ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުހައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި
  8. މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ
  9. ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ޙަސަން ސަޢީދު، މާދަޑު. އެއްގަމިގެ، ޏ. ފުވައްމުލައް
  10. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުޞަތުތައް ގާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން. ޝިޔާމާ އަޙްމަދު, މ. ކަރޭޖް
  11. އިޖުތިމާޢީ ހިދުމަތުގެ ދާއިރާއިން؛ މުޖުތަމައުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން: ކެޑޭޓް މޭޖަރ ޔާސިރު މުހައްމަދު، މައިދާން، ޅ. ނައިފަރު
  12. ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މަޢުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުޞްޠަފާ، މާދަޑު. އާސާން، ޏ. ފުވައްމުލައް
  13. ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މަޢުލޫމާތު ފެތުރުމުގެ ރޮނގުން: އަހްމަދު މުހްސިން، ގުލްފާމްގެ، ހދ. ނައިވާދޫ
  14. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަހްމަދު ސަލީމް، މ. ކުނޑި
  15. ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ
  16. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން. އަހްމަދު އަޒުމީ ހަލީމް، މ. ހަރްމަލްގެ
  17. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުހައްމަދު ނިހާން ނަސީރު، ހ. ސޯފިޔާ
  18. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން: ސާޖަންޓު ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ.ޅޮހި
ސަރުކާރުން ދޭ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތް ތަކާއި ، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދުގައި ދެވޭ އިނާމެއެއް ކަަމަށް ސަރުކާނުން ބުނެފައި ވެއެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ