
ގައުމީ ދާރުލްއާސާރު މަރާމާތުކުރަނީ
ގައުމީ ދާރުލްއާސާރު މަރާމާތުކުރަނީ
ލިޔުން:
ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަހްމަދުﷲ ޖަމީލެވެ. އަދި ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ.
މި މަސައްކަތަކީ ބޭއެމްއެލްގެ ސީއެސްއާރްގެ ދަށުން ކުރިޔަށްދާ މަސައްކަތަަކަށްވާއިތު އެ ކުންފުނިން ވަނީ އެހީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ހަދިޔާާ ކޮަށްފައެވެ. ލަފާކުރެވޭ ގޮތުގައި މި މަސައްކަތަށް 2.1 މިލިއަން ރުފިޔާ ހޭދަވެއެވެ.
އެގޮތުން ދެ މިލިއަން ރުފިޔާގެ އިތުރުން ހޭދަވާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.
މި މަޝްރޫއުގެ ދަށުން ދަށުން ގައުމީ ދާރުލްއާސާރުގެ ޝޯކޭސްތައް ތައްޔާރުކުރުމާއި މަލްޓިމީޑިއާ ރޫމް ސެޓްއަޕް ކުރުމާއި މިއުޒިއަމް ޑިސްޕްލޭ އޭރިއާ ތަކުގައި ފްލޯ ރަނާ އެޅުމާއި ފާރުގައި ކުލަލުން ހިމެނެއެވެ.
އޭގެ އިތުރުން މަލްޓިމީޑިއާ ރޫމްގައި، ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ފުރުސަތުއޮންނާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އާޓް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާާއިއެކު އެ ދާއިރާގައި މަސައްކަތް ކުރައްވާ ގައުމީ މަރުކަޒުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
