މާލެ: 31°C
ގައުމީ ކެޑޭޓް ކެމްޕުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ގައުމީ ކެޑޭޓް ކެމްޕުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

January 3, 2024
2 ފަހަރު ބަލާފައި
ގައުމީ ކެޑޭޓް ކެމްޕުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
ގައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުން ޒިޔާރަތްކުރި ކެޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. 23 ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި އަވައްޓެރި ބައެއް ގައުމުތައް ކަމުގައިވާ އިންޑިޔާ، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓުން ބައިވެރިވެއެވެ. މި ކެޑޭޓުންނާ ބައްދަލުކުރައްވައި ނައިބު ރައީސް ހުރިހާ ކެޑޭޓުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެހެން ސަގާފަތްތައް ދަސްކުރުމަށް ކެޑޭޓުން ދޭ ސަމާލުކަން ފާހަގަކުރައްވައި މި ކޭމްޕުގެ ސަބަބުން ކެޑޭޓުންގެ އަމިއްލަ ކުރިއެރުމަށް ވެސް ގިނަ ފައިދާތަކެއް ލިބިގެންދިއުމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކި ސަގާފަތްތަކުގެ މުއްސަނދި ހިޔާލުތަކާއި ތަފާތު ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ކެޑޭޓުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިޔާއާއި، ސްރީލަންކާ އަދި ނޭޕާލްގެ ކެޑޭޓް ވަފުދުތަކުން ހަދިޔާ ބަދަލުކުރުން ވެސް އޮތެވެ. އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ދިވެހިސަރުކާރުން އެ ކެޑޭޓުންނަށް އަދާކުރެއްވި މެހެމާންދާރީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. 1991 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ޤައުމީ ކެޑޭޓް ކޭމްޕް ބާއްވަމުންނެވެ. އެގޮތުން މިއަހަރު ބާއްވާ ޤައުމީ ކެޑޭޓް ކޭމްޕް ކުރިޔަށްގެންދަނީ 23 ޑިސެންބަރު 2023 އިން 4 ޖަނަވަރީ 2024 އަށް ގިރިފުށީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ