ގައުމަށް މިވަގުތު އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނެވި ތަރައްގީކަމަށް ވިދާޅުވެ އަމީތުވެސް ރައީށް ސޯލިހަށް ތާއީދުކޮށްފި

ގައުމަށް މިވަގުތު އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނެވި ތަރައްގީކަމަށް ވިދާޅުވެ އަމީތުވެސް ރައީށް ސޯލިހަށް ތާއީދުކޮށްފި
ލިޔުން:
ގައުމަށް މިވަގުތު އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނެވި ތަރައްގީ ކަމުގައި ޖަޕާނުގެ ޑެޕިއުޓީ އެމްބަސަޑަރުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ ރައީސް ބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައި ކަމަށާއި، ރިޔާސީ އިންތިހާބުގައި ތާއިދު ކުރަށްވާނީ ރައީސް ސޯލިހަށް ކަމުގައެވެ.
https://twitter.com/MohamedAmeeth/status/1643444234698256384?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643444234698256384%7Ctwgr%5Eb1e147286b494108eb5454572257aebdffaff357%7Ctwcon%5Es1_&ref_url=https%3A%2F%2Fras.mv%2Fpost%2F32000
އަމީތަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެެވެ. އަމީތު މިހެން ވިދާޅުވެފައިވަނީ ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވަން ނިންމަވާފައިވަނިކޮށެވެ.
ޖުމްހޫރީ ޕާޓީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާގުޅިގެން އެޕާޓީގެ އަސްލު ޒަމާންވީ ބައެއް މެންބަރުން އެޕާޓީން ވަކިވަމުންދާކަން ފާހަގަކުރެވެއެވެ. އެ ގޮތުން އޭގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރުކަން ފުރުއްވާ ވަލީދާ ވަލީދު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހިމެނެއެވެ. މީގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި މަގާމުގައި ހުންނެވި ޑރ. މައުސޫމް އެ ޕާޓީގެ ގްރޫޕްތަކުންވަނީ ނިކުމެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
